ނުވަ ކޭސް ބަނގުރަލާއެކު ބަޔަކު ހައްޔަރުކޮށްފިއެވެ.

Ads by Asuru

މި މަހުގެ 13 ވަނަ ދުވަހުގެ ފަތިހު 5:30 ހާއިރު ފުލުހުން މަގުމަތި ޕެޓްރޯލް ކުރުމުގެ ތެރޭގައި ޕިކަޕަކަށް ބަނގުރާ ފުޅިތަކެއް އަރުވަން އުޅުނު ބަންގްލަދޭޝްގެ ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެެވެ.  އަދި އެމިހުން ޕިކަޕަށް އަރުވަން އުޅުނު 9 ކޭސް ބަނގުރާ ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

ފުލުހުން ބުނީ އެ ދެ މީހުންގެ އިތުރުން އެމީހުންނާއެކު އުޅުނު އިތުރު ދެ ބިދޭސީއަކު ފުލުހުން ފެނުމުން ފިލާފައިވާ ކަމަށެވެ.