ޓްވިޓަރގައި ފޭކް އެކައުންޓެއް ހަދައިގެން، ދިވެއްސަކު އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ބަަލަމުން އަންނަ ކަމަށް ފުލުުހުން ބުނެފިއެވެ.

Ads by Asuru

މިކަން ފުލުހުންގެ ސަމާލުކަމަށް އައިސް، ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވާއިރު، ފޭކު އައިޑީ ހަދައިގެން ދީނަށް ހަޖޫ ޖަހަމުންދިޔަ މީހާވެސް އާންމުންގެ ބަޔަކު ވަނީ ފަޅާ އަރުވާލާފައެވެ. އެމީހާ ވަނީ މާތް ނަބިއްޔާއަށާއި،  ކީރިތި ގުރުއާނަށްވެސް ފުރައްސާރަކޮށް ޓްވީޓް ކޮށްފައެވެ.

ފަހަކަށް އައިސް މިފަދަ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެފައިވާއިރުވެސް، ކަމާބެހޭ ފަރާތްތަކުން އެކަށީގެންވާ ފިޔަވަޅު ނާޅާކަމުގެ ޝަކުވާ ބޮޑެވެ.