ދިވެހި ގައުމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމަށް ކުފޫ ހަމަނުވުން ކަމަށް ޕީޕީއެމްގެ ކައުންސިލް މެމްބަރު، އަދި މި ސަރުކާރުގެ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Ads by Asuru

ސަންގު ޓީވީން ގެނެސްދޭ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މަލީހު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެގޮތުން ގައުމުގެ އިގްތިސާދީ ހާލަތު ގޯސް ވަމުން އަންނައިރު، ނައިބު ރައީސް ފައިސަލް ނަސީމް އެމެރިކާއަށް ދަތުރުފުޅު ކުރައްވައި، ހަތަރު މިލިއަނަށްވުރެ ގިނަ ފައިސާ ހަރަދު ކުރެއްވިކަން އޭނާ ފާހަގަކުރެއްވިއެވެ.

ނައިބު ރައީސް ވަޑައިގަންނަވާއިރު ޕީއޭއާ، އަނބިކަނބަލުންނާ، މުޅި ރައީސް އޮފީހުގެ ހުރިހާ ބޭފުޅުންނާ، ޓުއަރިޒަމް މިނިސްޓްރީގެ ބޭފުޅުންނާ، އެންވަޔަރްމަންޓް މިނިސްޓްރީގެ ބޭފުޅުންނާ، ހަ ދުވަހުގެ ދަތުރަކަށް ގާތްގަނޑަކަށް 15 ވަރަކަށް ބޭކަލުންގެ ޑެލިގޭޝަނެއް މިދިޔައީ.

މަލީހުގެ ވާހަކައިގައި ކުރީގެ ރައީސް ޔާމީނަށް ތައުރީފު ކުރައްވައި ވިދާޅުވީ ގައުމު މިހާރު އޮތް ހާލަތުން، ގައުމު ސަލާމަތް ކުރެވޭނީ އެމަނިކުފާނަށް ކަމަށެވެ.