ގަލޮޅު ދަނޑުގައި ބާއްވަން އުޅުނު ޔޯގާގެ ހަރަކާތާ ދެކޮޅަށް ދިވެހި ޒުވާނުން ނުކުމެ އަޑު އުފުލައި، ހަރަކާތް ހުއްޓުވައިފިއެވެ.

Ads by Asuru

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ޔޫތު މިނިސްޓްރީއާ ގުޅިގެން، ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރުން ހަރަކާތް ބާއްވަން އުޅުނީ މިއަދު ހެނދުނު 6:00ގައެވެ.

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ޔޫތު މިނިސްޓްރީން މިހަރަކާތް ރޭވުމާއެކު، ޔޯގާ އަކީ ހިންދޫ ދީނުގެ އަޅުކަމުގެ ތެރޭގައި ހިމެނޭ ކަމަކަށްވާއިރު، މިކަމުގައި ބައިވެރިވުމަކީ ޝިރުކުގެ އަމަލެއް ކަމަށް ދީނީ އިލްމުވެރިން ދިޔައީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

ނަމަވެސް މި ހަރަކާތް ކުރިއަށް ގެންދަން ޔޫތު މިނިސްޓްރީން ނިންމުމުން، މިއަދު ދިވެހި ޒުވާނުންތަކެއް ވަނީ، ޝަހާދަތުގެ ދެކަލިމަ ލިޔެފައިވާ ހުދު ދިދަަތަކެއް ހިފައިގެން، ގަލޮޅު ދަނޑަށް ވަދެ، ހަރަކާތާ ދެކޮޅަށް އަޑު އުފުލާފައެވެ. އޭރު ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ހުންނެވީ ވާހަކަ ދައްކަވާށެވެ.

ނަމަވެސް ފަހުން ފުލުހުން އައިސް ވަނީ ކަރުނަ ގޭސް ޖަހައި، އެމީހުން އެތަނުން ބޭރު ކޮށްފައެވެ.