”އާންމު ރައްޔިތުންގެ ޕާޓީ“ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ދީފައިވާ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ބާތިލްކޮށްފިއެވެ.

Ads by Asuru

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު ވިދާޅުވީ އާންމު ރައްޔިތުންގެ ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި ސައީދަށް ދީފައިވާ ހުއްދައިގެ މުއްދަތު ހަމަވިއިރު އެއްވެސް ފޯމެއް ހުށަހަޅުއްވާފައި ނުވާތީ އެ ހުއްދަ ކޮމިޝަނުން ބާތިލްކޮށްފައިވާ ކަމަށެވެ.

އާންމު ރައްޔިތުންގެ ޕާޓީ އުފައްދަން ދިން ހުއްދަ ބާތިލްކޮށްފައިވާއިރު،  ކޮވިޑް 19ގެ ކުރިން އުފައްދަން ހުއްދަ ދިން ސިޔާސީ ޕާޓީތަކަށް ކޮވިޑާ ގުޅިގެން ވަރަށް ގިނަ ލުއިތަކެއް އީސީން ދިނެވެ.

އާންމު ރައްޔިތުންގެ ޕާޓީގެ ނަމުގައި، ޕާޓީއެއް އުފެއްދުމުގެ ހުއްދަ ފެބްރުއަރީ 5، 2020 ގައި ދީފައިވަނީ ސ. ހިތަދޫ ކަނަންދޫގެ އަހުމަދު ސައީދަށެވެ.