އެމްޑީޕީން ދާނީ އެޕާޓީއަށް ދިމާވާ ކޮންމެ ގޮންޖެހުމެއް ގިރާކުރަމުން ކުރިއަށް ކަމަށް އެ ޕާޓީގެ ޗެއަރޕާސަން އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

Ads by Asuru

އޭނާ މިހެން ވިދާޅުވެފައިވަނީ، ސަރުކާރު ހިންގާ މައި ޕާޓީއަށް 17 އަހަރު ފުރުމާއި ގުޅިގެން، ކުރެއްވި ޓްވީޓެއްގައެވެ.

އޭނާ މިހެން ވިދާޅުވިއިރު، އެމްޑީޕީގެ މަތިފަޑީގެ ބައެއް ފަރާތްތައް ކަމަށް ބެލެވޭ ބައެއްގެ ފާހިޝް މަންޒަރުތަކެއް ފެންނަ ވީޑިއޯތަކާއި ފޮޓޯތަކެއް ދަނީ އާންމުވަމުންނެވެ.

އަދި ރަސޫލާއަށް ފުރައްސާރަ ކުރުމާއި، ހިންދޫ ދީނުގެ އަޅުކަމެއްގެ ގޮތުގައި ބެލެވިފައިވާ ޔޯގާގެ ހަރަކާތް ކުރިއަށް ގެންދަން ނިންމި ނިންމުމާއެކު، އެމްޑީޕީއަށް ގިނަ ރައްޔިތުންގެ ނުރުހުމުގެ ބަސްތައްވެސް ވަނީ އަމާޒުވެފައެވެ.