ފާހިޝް އަަމަލުތައް ހިންގުމުގައި، އެންމެ މަތީ ލެވެލްގައި އުޅެނީ ލާދީނީ މީހުން ކަމަށް ޝެއިހު އަލީ ޒައިދު ވިދާޅުވެއްޖެެއެވެ.

Ads by Asuru

ޝެއިހު މިހެން ވިދާޅުވެ ޓްވީޓެއް ކުރެއްވިއިރު، ލާދީނީ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރާ އެމްޑީޕީގެ އިސް ސަފުގައި މަސައްކަތް ކުރަމުން އަންނަ މީހުންގެ ބަރަހަނާ ވީޑިއޯތަކާ ފޮޓޯތައް އަންނަނީ މީސްމީޑިއާއަށް ލީކު ކުރަމުންނެވެ.

އެގޮތުން ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު، ނާޒިމް ސައްތާރު، ބަންގްލަދޭޝްގެ ޒުވާނަކާއެކު އެއްޖިންސުން ގުޅުން ހިންގުމުގެ މުޑުދާރު ފާފައަށް އަރައިގަންނަ މަންޒަރު ފެންނަ ވީޑިއޯއެއް ލީކުވެފައިވާއިރު، މަޖިލީހުގެ ހެންވޭރު ދެކުކު ދާއިރާގެ މެމްބަރު ޝަހީމް(އަނދުން ހުސެއިން) ގްރޫޕް ސެކްސްގައި ބައިވެރިވާ މަންޒަރު ފެންނަ ފޮޓޯއެއް ވަނީ ލީކުވެފައެެވެ.

ޒައިދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ޝެއިހުން ޝަހުވާނީވާ ކަމަށް ލާދީނީ މީހުންތައް ބުނާއިރު، އަސްލު ޝަހުވާނީއީ ކޮންބައެއްކަން މިއަދު އެންމެންނަށްވެސް އެނގި ބޭޒާރުވެއްޖެ ކަމަށެވެ.

އަދި ބިތުފަންގި ނަގާ އެއްލާލިއިރު، ފާހިޝް ބާބުގެ އެންމެ ކުރީގައި އުޅެނީ ލާދީނީ މީހުންތައް ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ލާދީނީ މީހުން ފެއިލް ވެއްޖެ ކަމަށެވެ.

ޝެއިހު މިފަދައިން ވިދާޅުވިއިރު، އެމްޑީޕީގެ ގިނަ ބަޔަކު އަބަދުވެސް ޝެއިހުންނަކީ ވަހުޝީ ބައެއް ކަމަށް ސިފަކޮށް، މީސްތަކުންގެ ހިތްތަކުގައި ޝެއިހުންނަށް އޮންނަ ގަދަރަށް އުނިކަން ގެނައުމަށް މަސައްކަތް ކުރާކަން ފާހަގަކޮށްލެވެއެވެ.