ފަލަސްތީނުގެ ޣައްޒާއަށް، އެއްވެސް ރަޙުމެއް ނެތި، ޔަހޫދީން ދެމުން އަންނަ ޙަމަލާތަކުގައި ޝަހީދުވެގެން ދިޔަ މީހުންގެ އަދަދު 17،000އަށްވުރެ މައްޗަށް އަރައިފިއެވެ.

Ads by Asuru

 

 

ޔަހޫދީން ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް ބޮޑު ޤަތުލުއާންމެއް ފަށައިފައި ވަނީ، މިދިޔަ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހުއެވެ. ހަމާސް ޖަމާޢަތަށް އަމާޒުކޮށް ކަމަށް ބުނެ، ޔަހޫދީން ޣައްޒާއަށް ހަމަލާތައް ދެމުން އަންނަތާ ދެ މަސްވީއިރު، 17177 މީހުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީއާއި ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެއެވެ. ހަމާސްގެ މުޖާހިދުން ދިން ހަމަލާތަކުގައި މަރުވީ އިޒްރޭލުގެ 1200 މީހުންނެވެ.

އެހީދޭ އެޖެންސީތަކުން ވަނީ ޣައްޒާގެ ޙާލަތާއިމެދު ވަރަށް ބޮޑަށް ކަންބޮޑުވުންފާޅުކޮށްފައެވެ.

ޣައްޒާގެ 2.3 މިލިއަން މީހުންގެ އާބާދީގެ ބޮޑު ބައެއް، ގެދޮރު ގެއްލި ބިކަވެފައިވާއިރު، ފެނާއި ކާބޯތަކެއްޗާއި، ޞިއްޙީ ވަސީލަތްތަކާއި ތެޔޮ ފަދަ އަސާސީ ޚިދުމަތްތައް ވެސް އެ ސިޓީއަށް ލިބުން ވަނީ ދަތިވެފައެވެ.