މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ މުވާސަލާތާއި މައުލޫމާތުގެ ދާއިރާގެ ދުވަހާއި ގުޅިގެން އެކްސްގައި ކުރެއްވި ފޯސްޓެއްގައެވެ.
ރައީސް ވަނީ ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.
މުވާސަލާތުގެ އެންމެ ޒަމާނީ ރަސްމަގަށް ރާއްޖެ ހުޅުވާލައި، ދިވެހީންގެ ހުނަރާއި އުފެއްދުންތަކަށް ދުނިޔޭގެ މާރުކޭޓުތަކުން އާމްދަނީ ހޯދޭނެ މަގު ފަހިކޮށްދެއްވާނެކަމަށް ވެސް އެމަނިކުފާނު މިއަދު ވިދާޅުވިއެވެ.
— Dr Mohamed Muizzu (@MMuizzu) May 17, 2024
ރައީސް މުއިއްޒު މިފަދައިން ވިދާޅުވީއިރު، ރާއްޖެއަށް އީ-ވޮލެޓުގެ ހިދުމަތް ތައާރަފުކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.