ރާއްޖޭގައި ބަރަހަނާ ވެބްސައިޓުތަކަށް ނުވަދެވޭ ގޮތް ހެދުމަކީ، އެއްވެސް ވެރިޔަކަށް ކުރައްވަން ކެރިވަޑައިގެންނެވި ކަމެއް ނޫންކަން ފާހަގަކުރައްވައި، ޝެއިޚް ޢަލީ ޒައިދު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަށް ތަޢުރީފު ކުރައްވައިފިއެވެ.

ބަރަހަނާ މަންޒަރުތައް ދައްކާ ވެބްސައިޓުތަކަށް ނުވަދެވޭ ގޮތް ހެއްދެވި ފުރަތަމަ ވެރިޔަކީ ރައީީސް މުޢިއްޒުއެވެ. ސަރުކާރުން އަންގައިގެން، އެފަދަ ސައިޓުތައް ބްލޮކް ކުރި ކުރުމަށް ގިނަ ބަޔަކު އަންނަނީ ތަޢުރީފު ކުރަމުންނެވެ.

ެސޯޝަލް މީިޑިއާގައި ކުރެއްވި ޕޯސްޓެއްގައި، ޝެއިޚް ޒައިދު ވެސް ވަނީ، މިއީ ވަރަށް ކެރޭ ނިންމުމެއްކަން ފާހަގަކުރައްވައި ރައީީސް މުޢިއްޒު އަށް ޝުކުރު އަދާ ކުރައްވައިފައެވެ.

”އަޅުގަނޑުމެންގެ ދީނާއި ސަގާފަތާއި އާދަކާތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ ގޮތުން އެފަދަ ފިޔަވަޅެއް ނެންގެވީތީ މަރުހަބާ ދަންނަވަން،“ ޒައިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިއީ އެއްވެސް ވެރިޔަކަށް ކުރައްވަން ކެރިވަޑައިގަންނަވާނެ ކަމެއް ކަމަށް އޭނާ ކުރިން ޤަބޫލު ނުކުރައްވަވާ ކަމަށެވެ.

”އެކަމަކު ރައީސް މުއިއްޒުގެ އެ ފިޔަވަޅަކީ ލިބުނު ވަރަށް ބޮޑު ސަޕްރައިޒެއް.“

ބަރަހަނާ ސައިޓްތަކަށް ނުވަދެވޭ ގޮތަށް ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ހެދީ ސަރުކާރުން އަންގައިގެންނެވެ.