މި އަހަރުގެ ހުރަވީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ދުވަހުގެ ހެޔޮ އެދުންތަކާއި ތަހުނިޔާ ދިވެހިރާއްޖޭގެ ލޮބުވެރި އެންމެހައި ރައްޔިތުންނަށް ފޮނުއްވައިފިއެވެ.

އެމަނިކުފާނު ތަހުނިޔާ ފޮނުއްވާފައި ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް މިއަދު ކުރެއްވެވި ޕޯސްޓެއްގައެވެ.

ހުރަވީ ދުވަސް ކުލަގަދަކޮށް ރާއްޖޭގައި ފާހަގަނުކުރާތާ ގިނަ އަހަރުތަކެއް ފާއިިތުވެފައިވާއިރު، ސަރުކާރުން މި އަހަރު ވަނީ ހުރަވީ ދުވަހުގެ މުނާސަބަތުގައި ޚާއްޞަ ޕްރޮގްރާމްތަކެެއް ރާވާފައެވެ.

އެގޮތުން މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް އިން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދިޔަ ކުޑަކުދިންގެ ހަވީރެއް ހުކުރު ދުވަހު ހަވީރު ވަނީ ބާއްވާފައެވެ. އަދި، މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަތުމަށް ވެސް ވަނީ ހަމަޖެހިފައެވެ.