މަސްވެރިކަމުގެ އުފެއްދުންތައް އިޝްތިހާރުކުރުމަށްޓަކައި ރާއްޖޭގެ އުފެއްދުންތަކަށް ޚާއްޞަ ބްރޭންޑެއް ތަޢާރުފުކޮށް،“މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން“ ގެ ނަމުގައި %100 ސަރުކާރު ހިއްސާވާ ކުންފުންޏެއް އުފައްދަވަން ނިންމަވައިފިއެވެ.
މި ނިންމެވުން މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ. މި ކުންފުނި އުފައްދަވާނެކަން ސަރުކާރުން ކުރިން ވަނީ ހާމަކުރައްވައިފައެވެ.
43 ވަނަ މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ރައީިސް ޑރ.މުޙައްމަދު މުޢިއްޒު ވަނީ ދިވެހި މަސްވެރިކަމުގެ އުފެއްދުންތަކަށް ބޭރުގެ މާކެޓް ހޯދުމުގެ މަސައްކަތްވެސް ކުރިޔަށްދާ ކަމަށާ، މިއީ މިހައިތަނަށް އެހާ ބޮޑު އިސްކަމެއް ދެވިގެން މަސައްކަތް ކުރެވިފައިވާ ދާއިރާއެއް ނޫން ކަމަށް ވިދާޅުވެފައެވެ.
