އިސްލާމިކް މިނިސްޓްރީގެ ސްޓޫޑިއޯ، ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ޖެނުއަރީ މަހުގައި ފަށަން ނިންމައިފިއެވެ.

Ads by Asuru

މިކަން ހާމަކުރައްވައި، އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެކްސްގައި ކުރައްވައިފައިވާ ޕޯސްޓެއްގައި ވިދާޅުވީ، އެތަން ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަނީ، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން، އިސްލާމީ ހޭލުންތެރިކަން އިތުރު ކުރުމަށް ކަމަށެވެ.

”ރައީސްގެ މެނިފެސްޓޯގައިވާ ގޮތުގެ މަތިން، ޒަމާނީ ޓެކްނޮލަޖީގެ ބޭނުންކޮށް އިސްލާމީ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި އިސްލާމިކް މިނިސްޓްރީގެ އިސްލާމިކް ސްޓޫޑިއޯއަކީ ޒަމާނީފެންވަރުގެ ސްޓޫޑިއޯއަކަށް ތަރައްޤީކޮށް ޖަނަވަނީ 2024 ގައި މަސައްކަތްފަށަން މިނިސްޓްރީން ނިންމައިފި.“ މިނިސްޓަރުގެ ޕޯސްޓުގައިވެއެވެ.

ރައީސް މުޢިއްޒުގެ މެނިފެސްޓޯގައި އިސްލާމިކް މިނިސްޓްރީން ކުރާނެ މުހިންމު ކަންތައްތަކެއް ހިމަނުއްވައިފައިވެއެވެ.

މިނިސްޓަރުގެ ޕޯސްޓަށް މީހަކު ކުރި ކޮމެންޓެއްގައި ވަނީ، އިހުގެ ހާދިސާތައް ދައްކުވައިދޭ، އަދި ރަނގަޅު މެސެޖުތައް ލިބިދޭ ސީރީޒްފަދަ އެއްޗެހި ގެނެސްދިނުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމުގެ ވިސްނުން ގެންގުޅުއްވާތޯ ސުވާލު ކޮށްފައެވެ. ޖަވާބުގައި މިނިސްޓަރު ވިދާޅުވީ، އެކަން ކުރިއަށްދާ ކަމަށެވެ.