ޕީޕީއެމް/ޕީއެންސީގެ ކޯލިޝަނުގެ ކުރީގެ ލީޑަރު، ރައީީސް ޔާމީން ތިން އަހަރު ދުވަސް ޖަލުގައި ހޭދަ ކުރައްވައިފައިވާ ކަމަށާއި، އެ މަނިކުފާނު އަދިވެސް ހުންނެވީ ރައްޔިތުންނާއި ދުރުގައި ކަމަށް ޕީއެންއެފް އުފެއްދުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ، ކުރީގެ ޔޫތު މިނިސްޓަރު މުޙައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
ޕީއެންއެފްގެ އޮފީހުގައި ބޭއްވި ޖަގަހަ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މަލީހު ވިދާޅުވީ، ފަސް އަހަރު މަގުމަތީގައި އުޅެ، ދެން ކުރިއަށް އޮތް ފަސް އަހަރު މަގުމަތީގައި ނޫޅެވޭނެ ކަމަށް ބައެއް މީހުން ބުނާއިރު، ޤައުމުގެ ޙައްޤުގައި އެންމެ ބޮޑު ޤުރުބާނީއެއް ވެވަޑައިގެންނެވި ރައީީީސް ޔާމީން އަދިވެސް ހުންނެވީ ބަންދުގައި ކަމަށާއި، އެ މަނިކުފާނަށް ސަޕޯޓަރުންނާއި ސަލާން ކުރެއްވުމުގެ ފުރުޞަތު ވެސް ލިބިވަޑައިނުގަންނަވާ ކަމަށެވެ.
ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުންނަށް ވެސް މަލީހުގެ ވާހަކައިގައި ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. މަލީހު ވިދާޅުވީ އެބޭފުޅުން މިއަދު އުޅުއްވަނީ މަޤާމުގެ ދަހިވެތިކަމުގައި ކަމަށެވެ.
މަލީހުގެ ވާހަކައިގައި، އައު ސަރުކާރަށް މަސް ދުވަސް ވެގެންދިޔައިރު، ރައީީސް ޔާމީން އަދިވެސް މިނިވަން ނުކުރާތީ ކަންބޮޑުވުންފާޅުކުރައްވައި، އެ މަނިކުފާނަށް ލުއި ދެއްވީ ވެސް ކުރީ ސަރުކާރުން ކަމަށް ވިދާޅުވިއެވެ.
”ރައީީސް އިބްރާހީމް މުޙައްމަދު ޞާލިޙޭ، ރައީސް ޔާމީނަށް ލުއިތަކެއް ދެއްވީ ފަހު ދުވަސްކޮޅު. ކީއްވެގެންތޯ ނުދެވިގެން މި އުޅެނީ؟ ޑިފެންސް މިނިސްޓަރަކަށް ހުންނެވީ، ”މާރިޔަލެއް“ ނޫނޭ މިއަދު، ހޯމް މިނިސްޓަރަކަށް ހުންނެވީ އެ ކިޔާ އިމްރާނެއް ނޫނޭ މިއަދު.“
ރައީީސް ޔާމީނާއި ޕީޕީއެމް/ޕީއެންސީ އާއި މެދުގައި މައްސަލަތައް ޖެހި، އައު ސަރުކާރަށް ހަފްތާއެއް ނުވަނީީސް އެ މަނިކުފާނު ވަނީ ޕީޕީއެމުން ވަކިވެވަޑައިގެންފައެވެ.

މަލީހު އެދު އެފަަސް އަހަރު އުޅުނީ ޖަމީލުއާއެކު ޔާމީން އަށް އެއްޗެހިކިޔާ މަލާމާތްކުރުމުގަ ޔާމީން ވަރުގެ ނުބައިމީހެއް އޭރަކުނެތް އެކަކު ކުރީސަރުކާރުގެ މިނިސްޓަރ ކަމުގަ އަނެކަކު ބޭރުގަ ފިލާހުރެ ޔާމީން އާ ދެކޮޅަ މުޒާހަރާ ރޭވުމުގަ