ހދ.ކުޅުުއްފުށިން ފައިލޭރިޔާ އަށް އިތުރު ދެ ބިދޭސީއަކު ޕޮޒިޓިވް ވެއްޖެއެވެ.
އެހެންކަމުން މީގެކުރިން ފެނިފައިވާ ފައިލޭރިޔާ ޖެހިފައިވާ 17 ބިދޭސީންނާއި އެކު އެރަށުން 19 ބިދޭސީންގެ ގައިން ވަނީ ފައިލޭރިޔާ ފެނިފައެވެ.
ފައިލޭރިޔާ ޖެހިފައިވާ ބަޔަކު އެރަށުން ފުރަތަމަ ފެނުނީ މި މަހުގެ 1 އަދި 2 ވަނަ ދުވަހު ކުޅުދުއްފުށީގައި ހިންގި ބިދޭސީ މަސައްކަތްތެރިންގެ ސްކްރީނިން ކޭމްޕުގެ ތެރޭގައި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފައެވެ.
މި ފަރާތްތަކަކީ މިހާރު ވެސް ފައިލޭރިޔާ ފެންނަމުންދާ ޤައުމަކުން އައިސްފައިވާ ބައެއް ކަމަށްވެސް އެ އެޖެންސީއިން ބުނެއެވެ.
ފައިލޭރިއާ ޖެހިގެން ކުޅުދުއްފުށިން ފަހުން ފެނިފައިވާ ދެ ބިދޭސީންނަކީ ކުރިން ފެނުނު ބިދޭސީންނާ އެކު ދިރިއުޅުނު މީހުން ބައްޔަށް ސްކްރީން ކުރުމުގެ ތެރެއިން ފެނުނު ބައެކެވެ.
މި ބައްޔަށް ފޮޒިޓިވް ވި މީހުންގެ ކިބައިގައި ބަލި ހުރިތޯ ޔަގީންކުރުމަށް އިތުރު ޓެސްޓުތައް ހެދުމާއި މި ޓެސްޓުން ޕޮސިޓިވް ވާ މީހުންނަށް ދޭންވާ ފަރުވާގެ ކަންކަން އިންތިޒާމުކުރަމުންދާކަމަށާއި، މިކަމާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި މަޝްވަރާކުރަމުންދާ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

މިމީހުން މިމިހުންގެ ގައުމަށް ފޮނުވާލާ.
އެމީހުން ޤައުމަށް ފުނުވީމަ ދިވެހިނަށް ފައިދާ ކުރޭތަ؟ ގޭގަ ކުޑަ މަސައްކަތެެއް އޮތަސް ކުރަނީ އެ މީހުން ލައްވާ