ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ފްލެޓެއްގައި ދަރިއަކު އޭނާގެ މަންމައަށް  ތޫނު އެއްޗަކުން ހަމަލާ ދީފިއެވެ.

ފުލުހުންނަށް މި މައްސަލަ ހުށަހެޅީ މިއަދު 18:50ގައެވެ.

ފުލުހުން ބުނީ، އަނިޔާ ލިބުނު އުމުރުން 51 އަހަރުގެ އަންހެން މީހާ އަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު، އެ އަންހެން މީހާގެ ޙާލު ސީރިއަސް ކަމަށެވެ.

މިހައިތަނަށް ބެލި ބެލުމުން، މި ޙަމަލާ ދީފައި ވަނީ، އާޢިލީ މައްސަލައެއްގައި ދަރިއަކު އޭނާގެ މަންމަ އަކަށް ކަމަށް އެނގިފައިވާ ކަމަށް  ވެސް ފުލުހުން ބުނެއެވެ.

މި މައްސަލަ، ފުލުހުން އަންނަނީ ތަޙުޤީޤު ކުރަމުންނެވެ.