މިރޭ މާލޭގެ ބައެއް ސަރަހައްދަކުން ވަކި ވަގުތުތަކެއްގައި ފެނުގެ ޚިދުމަތް ކެނޑޭނެ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެފިއެވެ.
“މާލެ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް“ ގެ ދަށުން އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް މިހާރު ކުރަމުންދާ ސަރަހައްދުގައި ކުރިން އަޅާފައިވާ ފެން ހޮޅި އާއި މިހާރު އަލަށް އަޅާފައިވާ ހޮޅި ގުޅާލުމުގެ މަސައްކަތްތަކެއް މިރޭ ކުރާނެއެވެ.
މި މަސައްކަތް ކުރިއަށް ދާނީ، މިރޭ 23:00 އިން ފަތިހު 04:00 އަށެވެ.
މި މަސައްކަތްތައް ކުރިއަށް ދާއިރު ހަނދުވަރީ ހިނގުމާއި ކަނބާއައިސާރަނި ހިނގުމާއި ދެމެދުން، އަމީނީ މަގުގައި ހިމެނޭ ގޭބިސީތަކުން ފެނުގެ ޚިދުމަތް މެދުކެނޑޭނެ ކަމަށް އެމްޑަބްލިއުއެސްސީއިން ނެރެފައިވާ ނޯޓިސްގައިވެއެވެ.
