ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަހީދު ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަން ނިންމަވައިފިއެވެ.
އޭނާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ކުޅުދުއްފުއްޓަށް ހައްޤު އިންޤިލާބީ ބޮޑު ބަދަލު ހޯދުމަށްޓަކައި، ސިޔާސީ ބާރުވެރި ފުދުންތެރި ބޮޑު ތިލަދުންމައްޗަކަށް އަމާޒު ހިފުމަށް، 20 ވަނަ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާއަށް ޚިދުމަތް ކުރަން ޤަސްތު ކުރައްވާކަމަށެވެ.
ޢަލީ ވަނީ އެންމެހައި ލޮބުވެތި ރައްޔިތުންގެ ހެޔޮ ދުޢާ އަދި ތާޢީދަށް އެދިލައްވާކަމަށްވެސް ވިދާޅުވެފައެވެ.
ޢަލީ ވަހީދު ވަނީ މީގެ ކުރިންވެސް ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރުކަން ކުރައްވާފައެވެ.
