ރައީސް ޑރ.މުޙައްމަދު މުޢިއްޒު، ރާއްޖޭގެ ވެރިކަމާއި ޙަވާލުވެވަޑައިގެންނެވިއިރު، 434 ޤައިދީން މި އަހަރު އެކަނި ވެސް ދޫކޮށްލާފައިވާކަން ހޯމް މިނިސްޓަރު ޢަލީ އިހުސާން ހާމަކުރައްވައިފިއެވެ.

މިނިސްޓަރު މި މަޢުލޫމާތު ހިއްސާ ކުރެއްވީ، މިއަދު ބޭއްވި ނޫޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ކުރީ ސަރުކާރުން، ރިޔާސީ އިންތިޚާބާއި ދިމާކޮށް ގިނަ ޢަދަދެއްގެ ކުށްވެރީން ދޫކޮށްލި މައްސަލައިގައި، އާއްމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެގެން ދިޔައެވެ.

މިނިސްޓަރު ވަނީ އައްޑޫ ސިޓީ ހިތަދޫގައި ދާދިފަހުން ހިނގި ސިލްސިލާ މާރާމާރީތަކާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ކުރީ ސަރުކާރުން ދޫކޮށްލި ދެ މީހަކު ވެސް ހިމެނޭކަން ފާހަގަކުރައްވައިފައެވެ.

އެކި އުސޫލުތަކުގެ ދަށުން ދޫކުރާ މީހުންގެ ސަބަބުން ވައްކަމާއި ފޭރުމުގެ ކުށްތައް އިތުރުވާ ކަމަށާއި ގައިދީން ދޫކުރެވޭ އުސޫލު އިތުރަށް ހަރުދަނާ ކުރަން މަސައްކަތް ކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އައްޑޫ ހިތަދޫގެ ގްރޫޕްތަކެއްގެ މެދުގައި ހިނގި މާރާމާރީތަކުގައި ދެ މީހަކަށް ވަނީ ތޫނު އެއްޗެހިން ހަމަލާދީފައެވެ. އެ މަރާމާރީތަކާ ގުޅިގެން ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.