ތުރުކީ އިން ރާއްޖެއަށް ދޭ ސްކޮލަޝިޕްގެ 30 ފުރުޞަތަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކުރި އިޢުލާނެއްގައި ބުނީ މި ސްކޮލަޝިޕް ފުރުސަތުގެ ތެރޭގައި ހިމެނެނީ އެކިއެކި ދާއިރާތަކުން 15 ބެޗްލާސް ޑިގްރީ އާއި 10 މާސްޓާސް ޑިގްރީ އާއި 5 ޑޮކްޓޯރަލް ޑިގްރީގެ ފުރުޞަތެވެ.
މި ސްކޮލަޝިޕްތަކަށް ނޮމިނޭޓްކުރުމުގައި ފުރަތަމަ އިސްކަންދޭނީ ”ޓްރޭނިންގ ނީޑްސް“ ލިސްޓްގައި ހިމެނިފައިވާ ދާއިރާތަކުގެ ކޯސްތަކަށް އެދިފައިވާ ފަރާތްތަކަށް މިނިސްޓްރީން ބުނެއެވެ.
އަދި ނޮމިނޭޓް ކުރާނީ އެކަޑަމިކް މެރިޓަށް ޕޮއިންޓްދީގެން އެންމެ މަތިން ޕޮއިންޓް ލިބޭ ތަރުތީބުން ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
މި ސްކޮލަޝިޕްގެ ދަށުން ޓިއުޝަން ފީ، މެޑިކަލް އިންޝުރެންސް، ދެކޮޅު ޓިކެޓް، އެކޮމޮޑޭޝަން އަދި ސްޓައިޕެންޑް ކޯސް އިންތިޒާމް ކުރާ ފަރާތުން ހަމަޖައްސައިދޭނެއެވެ.
ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަ މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
މީނަގެބޮލުގަ މިއަޅާފޮތިކޮޅަކުން ބޮލައްއުދަގޫވޭ ބަދަލުގާ ބުރުގާއަޅައް މަނާކުރަނީކޮންކަމެއްބަ އިސްތަށިކޮޅުއެކަފޮރުވާށެކޭނޫނެއްނު އިސްލާންދީންބުނަނީ އައުރަ ރީތިކޮންފޮރުވާ ނަމޫނާދައްކާމީހުންކީ ެބާކެބެނެޓައްނުލަނީ
މި ދައްތަ އަށް ކޮލެޓީ ހެއާ ޑްރަޔާ އެއް ދޭނެ ކުއްޖެއްނެތްތަ. ބޯ ދޮވެގެން ނުކުމެ ބޯ ހިއްކަން އޮޅާލި ތުވާއްޔާއެކީ ވިއްޔަ އެއުޅެނީ އަދިވެސް