އިތުރު ދެ މީހުންނާއިއެކުގައި، އިހި ނަގަން މޫދަށް ފައިބައިގެން އުޅެނިކޮށް ގެއްލުނު ޒުވާނާ ހޯދުމުގެ މަސައްކަތް ހުއްޓައިނުލާ ކުރިއަށްދާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ، ސ.ގަމުގެ ދެކުނު ފަރާތަށް، އިހި ނަގަން މޫދަށް ފޭބި ސ.މަރަދޫ ކުރެދުމާގޭ މުޙައްމަދު ނައީޝް ގެއްލިގެން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން އެ މީހާ ހޯދުމަށް ފަށާފައިވާ މަސަތްކަތް މެދުނުކެނޑި ކުރިއަށް ގެންދާ ކަމަށެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި މި ހާދިސާގެ މަޢުލޫމާތު ލިބުނީ ރޭ 10:10 ހާއިރުއެވެ.

މަސް ހިފުމާއި، ފީނުން ނުވަތަ ކަނޑުމަތީގެ އެހެން ހާދިސާތަކުގައި ރާއްޖޭގައި މީގެ ކުރިން ވެސް ބައެއް މީހުން ގެއްލިފައިވެއެވެ.