އިސްލާމީ ޓީވީ ޗެނަލް އަކަށް ކިޔާނެ ރީތި ނަމަކަށް ޚިޔާލު ދިނުމަށް އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެދިލައްވައިފިއެވެ.
މިނިސްޓަރު ޝަހީމް މިކަމަށް އެދިލައްވައިފައި ވަނީ މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.
”މިސާލަކަށް ހުދާ، ނޫރު، މުދައްރިސް.“
އިތުރަށް މިނިސްޓަރު ކުރައްވައިފައިވާ ޕޯސްޓެއްގައި ވަނީ، ނޫރު ޓީވީ، ރައްޔާން، ބަޔާން، މުދައްރިސް، ހިދާޔަތު، ޑިސްކަވަރ އިސްލާމް، އަދި ދަ މެސެޖު ވެސް ލިސްޓަށް އިތުރު ކުރައްވަވައި، އެ ނަންތަކާއިމެދު ވެސް ޚިޔާލު ހޯއްދަވައިފައެވެ.
ކޮމެންޓު ކުރި ގިނަ މީހުންނަށް ”ނޫރު ޓީވީ“ މި ނަން ރީތިވީއިރު، އެހެން ނަންތައް ރީތި ކަމަށް ވެސް މީހުން ފާހަގަކުރިއެވެ.
އިސްލާމީ ޓީވީ ޗެނަލެއް ހަދަން އިސްލާމިކް މިނިސްޓްރީން މަސައްކަތް ފެށިއިރު، އެ މިނިސްޓްރީން ހިންގާ ސްޓޫޑިއޯ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަން ވަނީ ހަމަޖެހިފައެވެ.

ދި އިސްލާމް ތީވީ
ދިވެހި ތީވީ
ދިވެހި އިސްލާމް ތީވީ
ހިދާޔަރު ތީވީ
ދާލަ