އިސްލާމިކް މިނިސްޓްރީގައި ތަޢުލީމީ ބޭފުޅުން ހިމެނިވަޑައިގަންނަވާ ތިންްކްޓޭންކެއް ޤާއިމު ކުރަން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވީ، އެ މިނިސްޓްރީގެ ކަންކަން ޒަމާނީ ވިސްނުންތަކުގެ އަލީގައި ކުރިއަރުވައި ތަރައްޤީކުރުމަށްޓަކައި، މިނިސްޓްރީގެ ސިވިލް ސްޓާފުންގެ ތެރެއިން އެންމެ ތަަޢުލީމީ ބޭފުޅުން ހިމެނޭހެން ތިންކުޓޭންކެއް ޤާއިމު ކުރުމަށް މިއަދުގެ އިސްވެރިންގެ ބައްދަލުވުމުގައިވަނީ ނިންމަވައިފައި ކަމަށެވެ. މިކަމާ ގުޅޭ އިތުރު ތަފްޞީލެއް މިނިސްޓަރު އަދި ހާމަ ކުރައްވައިފައެއް ނުވެއެވެ.

ޑރ.ޝަހީމް ފާހަގަކުރެވެނީ ވަރަށް ހަރަކާތްތެރި ވަޒީރެއްގެ ގޮތުގައެވެ. ނައިބު ރައީީސް ޙުސައިން މުޙައްމަދު ލަޠީފު، ދާދި ފަހުން އިސްލާމިކް މިނިސްޓްރީއަށް ވަޑައިގެންނެވުމުން މިނިސްޓަރު ޝަހީމް ވަނީ، މިނިސްޓްރީގެ މަސައްކަތްތަކާއި ބެހޭ މަޢުލޫމާތު އިސްލާމިކް މިނިސްޓަރަށް ދެއްވައިފައެވެ. މި ޒިޔާރަތުގައި ނައިބު ރައީީސް ވަނީ މިނިސްޓްރީގެ މަސައްކަތްތަކަށް ތަޢުރީފު ކުރައްވައިފައެވެ.