މާލޭ ސަރަހައްދުން ފައިލޭރިއާގެ އިތުރު ހަ ކޭސް ފެނިއްޖެއެވެ.

Ads by Asuru

އެޗްޕީއޭއިން ބުނީ، ހުޅުމާލެއިން އިތުރު ފަސް މީހަކާއި، މާލެ ސަރަޙައްދުން ބިދޭސީއަކު ޕޮޒިޓިވް ވެ، މާލެ ސަރަޙައްދުން އިތުރު ހަ މީހަކަށް ފައިލޭރިއާ ޖެހިފައިވާ ކަމަށެވެ. މި ފަހަރު ވެސް ބަލި ޖެހުނު މީހުންނަކީ ބިދޭސީންނެވެ.

މީގެ ކުރިން ހުޅުމާލެއިން ވެސް މި ބަލި ޖެހިފައިވާ ބިދޭސީއެއް ފެނިފައިވެއެވެ. އެހެންކަމުން، މާލެ ސަރަޙައްދުން ފައިލޭރިއާ ޖެހުނު މީހުންގެ ޢަދަދު މިވަނީ ހަތަކަށް އަރައިފައެވެ.

ހަޑިފެނުގައި އުޅޭ މަދިރިއެއްގެ ޒަރީއާއިން ފެތުރޭ މިބަލި މި ފަހަރު ފެނުނު ފަހުން، އަދި މިހައިތަނަށް ދިވެއްސަކަށް ޖެހިފައެއް ނުވެއެވެ. މި ބައްޔަކީ ރާއްޖެއިން މީގެ ކުރިން ނައްތައިލެވިފައިވާ ބައްޔެކެވެ.

އެޗްޕީއޭއިން މިއަދު ބުނީ، ފައިލޭރިއާގެ ކޭސްތަކެއް ފެނުމުގެ ސަބަބުން އެ ބައްޔަށް މީހުން ޓެސްޓުކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، އިއްޔެއާއި އޭގެ ކުރީ ދުވަހު މާލޭ ސަރަހައްދުގައި ޖުމުލަ 89 މީހަކު ވަނީ އެ ބައްޔަށް ޓެސްޓުކޮށްފައި ކަމަށެވެ. އެއީ، މާލެއާއި ވިލިމާލެއާއި ހުޅުމާލެއާއި ގުޅީފަޅާއި އަދި ތިލަފުށީންނެވެ.

މިހާތަނަށް މި ބައްޔަށް މާލޭ ސަރަހައްދުން ޖުމުލަ 89 މީހަކު ވަނީ ޓެސްޓުކޮށްފައެވެ. މާލޭ ސަރަހައްދުން ޓެސްޓުކުރަނީ ބިދޭސީ މަސައްކަތްތެރިންނެވެ. އޭގެ އިތުރަށް، ކުޅުދުއްފުށީން 439 ބިދޭސީއަކާއި 155 ދިވެއްސެއް ވަނީ ބައްޔަށް ޓެސްޓުކޮށްފައެވެ. އޭގެ ތެރެއިން އެ ސިޓީން ބައްޔަށް ފައްސިވީ 25 މީހުންނަކީ ވެސް ބިދޭސީންނެވެ.

މިހައިތަނަށް މި ބަލި ޖެހުނު ބިދެސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ދެ ބިދޭސީން ފިޔަވައި، އިންޑިއާއަށް ނިސްބަތްވާ މީހުންނެވެ.