ރާއްޖޭގައި ނައްތައިލެވިފައިވާ ބައްޔެއް ކަމުގައިވާ ފައިލޭރިއާ ބަލިން ރައްކާތެރިވުމަށްޓަކައި ”ފައިލޭރިއާ އިން ރައްކާ“ މި ނަމުގައި އާބަންކޯ އިން ކެމްޕެއިނެއް ފަށައިފިއެވެ.

މި ކެމްޕެއިނާއި ގުޅޭގޮތުން އާބަންކޯ އިން ބުނީ، ހުޅުމާލެ 12 ޒޯނަކަށް ބަހާލައިގެން ޒޯން ލީޑަރުން ކަނޑައަޅައި، މި ޒޯންތަކުގައި މަދިރި އުފެދޭ ތަން ތަން ދެނެގަތުމަށް ސާރވޭ ފަށާފައިވާ ކަަމަށެވެ.

އެގޮތުން މި ކެމްޕެއިން ކުރިއަށްދަނީ ސްކޫލް ކުދިންނާއި ސަރުކާރު އޮފިސް ކުންފުނިތައް ހިމެނޭހެން އެންމެން ގުޅިގެން ހިންގާ ހަރަކާތްތަކެއްގެ ގޮތުގައި ކަމަށް ވެސް އާބަންކޯ އިން އާބަންކޯ އިން ބުނެއެވެ.

ރާއްޖޭން ނައްތާލާފައިވާ ފައިލޭރިއާގެ ކޭސްތަކެއް ހދ. ކުޅުދުއްފުށި ސިޓީން ފެނި، މިހާރުވަނީ ހުޅުމާލެ އާއި މާލެއަތޮޅު ގުޅިން ވެސް މި ބަލި ފެނިފައެެވެ.

ހދ. ކުޅުދުއްފުށިން، މި ބައްޔަށް ޕޮޒިޓިވް ވި 25 މީހުންނާއެކު މިހައިތަނަށް ރާއްޖެއިން 32 މީހުންނަށް މި ބަލި ޖެހިފައިވާކަން ވަނީ ދެނެގަނެވިފައެވެ.