ތެލަސީމިއާ ކުދިންގެ ފަރުވާ އަށް ހަދާ ބޯންމެރޯ ޓްރާންސްޕްލާންޓަށް ރާއްޖެ އިން ބޭރަށް އިތުރު ދެ ކުއްޖަކު އަންނަ މަހު ފުރާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ތެލަސީމިއާ ބަލީގެ ފަރުވާއަށް ބޯން މެރޯ ހަދަން، މި ސަރުކާރުން ފުރަތަމަ ކުއްޖާ ފޮނުވީ މި މަހުގެ 14 ވަނަ ދުވަހުއެވެ.

އަންނަ މަހުގައި، މި ފަރުވާއަށް ފުރާ ކުދިންގެ އާއިލާއާ ހެލްތު މިނިސްޓަރު ޑރ. ޚަލީލު އިއްޔެ ބައްދަލުކުރައްވާފައިވެއެވެ. މިނިސްޓްރީން ބުނީ އެ ދެ ކުދިން ފުރާނީ އަންނަ މަހުގެ 1 ގައި ކަމަށެވެ.