އާބަންކޯއިން ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކޮށްފިއެވެ.

Ads by Asuru
ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ފާހަގަކުރާ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިއަދު ހެނދުނު 8:30 ފެށިގެން ކުރިއަށް ގެންދިޔަ ހަފްލާގައި އާބަންކޯގެ މުވައްޒަފުންގެ އިތުރުން ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ކުންފުނިތައް ހިމެނޭހެން 1000 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވިއެވެ.

މި ފަހްލާގައި ސުނާމީ ކާރިސާގައި ނިޔާވި އަދި ގެއްލުނު މީހުންގެ ހަނދާނުގައި އެއް މިނިޓުގެ ސުކޫތެއް ގެނެވުނެވެ.

ގިނަ އަދެއްގެ މީހުން ބައިވެރިވި މި ހަފްލާ ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް އާދަމް ނަޞީރު އިބްރާހީމްއެވެ.

މިނިސްޓަރުގެ ވާހަކައިގައި ދިވެހީންނަކީ އެއް ލޭ ހިނގާ، އެއް އާއިލާއެއް ކަމަށާއި، އެއްބައިވަންތަކަން ބީވިޔަދީގެން ނުވާނެކަން ފާހަގަކުރެއްވިއެވެ.

އާބަންކޯ އިން މިއަދު އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރަނީ

އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރަނީ 2004 ވަނަ އަހަރު ދެކުނު އޭޝިއާއަށް އެރި ސުނާމީގައި އެތައް ބަޔަކު މަރުވެ ދިޔަ ކާރިސާގެ ހަނދާންތައް އައު ކުރުމަށެވެ.