އެމްޑީޕީން ވަކިވާން އުޅޭކަމަށް ދެކެވޭ ވާހަކަތައް މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ދޮގުކުރައްވައިފިއެވެ.

ރާއީ ވަކިވާާން އުޅޭ ކަމަށް އަޑު ފެތުރިގެން ދިޔައީ، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު ވަނީ ރޭ ކުއްލި ގޮތަކަށް އެ ޕާޓީން ވަކިވެވަޑައިގަތުމުންނެވެ.

ނަމަވެސް އެ ވާހަކަތައް ދޮގުކުރައްވައި، ރާއީ ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އަދި އެމްޑީޕީގެ އާންމު މެމްބަރުންނަށް އޭނާ ދޭން އޮތީ ދެގޮތެއް ނުވެ ޕާޓީގައި ހުންނާނެކަމުގެ ޔަޤީންކަން ކަމަށެވެ.

އޭނާ ވަނީ މިއީ ޕާޓީގެ ޕީޖީން ޕާޓީގެ މެމްބަރުންގެ ހިތްވަރަކަށްވެ، އެއްބައިވަންތަ ވާާންވީ ވަގުތު ކަމަށް ވިދާޅުވެފައެވެ.