ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ދިވެހިރާއްޖެއަށް ދެއްވާ ރަސްމީ ކޯޓާ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާ ޙަވާލުކުރުމާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީއާއި ޙައްޖު ކޯޕަރޭޝަން ލިމިޓެޑް އާއި ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ، އިސްލާމިކް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކޯޕްރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލްއެވެ.
މި ރަސްމިއްޔާތުގައި ވަޒީރު ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ރައްޔިތުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
އަދި ހައްޖަށް ދިއުމުގެ އަގު މިހާރަށްވުރެ ކުޑަ ކުރުމުގެ މަސައްކަތްތައް ވެސް ހައްޖު ކޯޕަރޭޝަނުން ކުރަމުން ގެންދާ ކަމަށް ވެސް ވިދާޅުވިއެވެ.
ޙައްޖު ކޯޓާ ހަމައެކަނި ހައްޖު ކޯޕަރޭޝަނަށް ދޭން ނިންމީ އެއްވެސް ވަރަކަށް ހައްޖަށް މީހުން ގެންދާ ގުރޫޕްތަކަށް އުނދަގޫ ކުރަން ނޫންކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މަޤްޞަދަކީ ޙައްޖު ކޯޓާ ނު އަގުގައި ވިއްކާ އޭގެ ސަބަބުން ދަތިތައް ރައްޔިތުންނަށް ކުރިމަތިވާތީ، އެކަން ހައްލުކުރުމަށް ކަމަށެވެ.
މީގެ އިތުރުން ހައްޖު ފަންޑު ތަރައްގީކޮށް، އެ ވުޒާރާ އިން ހައްޖު ކޯޕަރޭޝަންއާއި ގުޅިގެން މަސައްކަތް ކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ތަސައްވަރެއް ކަމަށާއި އެކަން ހާސިލް ކުރުމަށް ހައްޖު ކޯޕަރޭޝަނާއި ގުޅިގެން އަބަދު ވެސް ކުރިއަށް ވަޑައިގަންނަވާނެ ކަމަށް ވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ ރައީސް މުޢިއްޒުގެ ފަރާތްޕުޅުން ލިބިލައްވާ އެއްބާރުލުން ފާހަގަ ކުރައްވާ އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ.
އެއްވެސް ވަރަ ކަށްގްރޫޕް ތަކައްކޯޓާދޭކައްނުފެނޭ އިތުރަށް ލިބުނަސް