Ads by Asuru

ލަންކާގެ ރައްޔިތުންގެ ވިންދާ ދެކޮޅަށް ކުރާ ކަންކަމުގެ ފުރިހަމަ ޒިންމާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިފަދައިން ވިދާޅުވެފައިވަނީ ކުރެއްވި ޓްވީޓެއްގައެވެ.

ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަަޕަކްސަ ރާއްޖެއަށް ވަޑައިގެންނެވުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްވި މައްސަލައިގައި ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ގޮތަބަޔާ ދަތުރުކުރެއްވި ފްލެޓް، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ޖެއްސުނީ ރައީސް ނަޝީދު އެކަމުގެ ތެރެއަށް ވަދެވަޑައިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިކަމާ ގުޅިގެން ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލިސް ރައީސްގެ މަގާމު، ހިތްޕުޅު ހެޔޮވަރު ގޮތަށް ބޭނުން ނުކުރެއްވުމަށް ރައީސް ނަޝީދަށް ގޮވާލައްވާ ކަމަަށެވެ.

”ލަންކާގެ ރައްޔިތުންގެ ނިންމުމަށް އިހްތިރާމް ކުރައްވާ. މަޖިލިސް ރައީސް ބޭނުންފުޅުވިޔަސް ނުކުރެއްވޭނެ ކަންކަން ހުންނާނެ.“

ގޮތަބަޔާ ރާއްޖެ ވަޑައިގަތުމުގެ ހުއްދަ ދިނީ، އެއީ އަދިވެސް އެގައުމުގެ ރައީސްއަށް ވެފައި، އެކަމުގައި ދިފާއީ ވުޒާރާގެވެސް ހުއްދަ ހޯދަައިގެން ކަމަށް ލަންކާ އެއާފޯސްއިން ބުނެއެވެ.