ފާރެއްވެއްޓި، ޅ.ދިއްފުށިމާދޫއަށް ދަތުރުގޮސް އުޅުނު ފިރިހެނަކާއި އަންހެނަކަށް އަނިޔާވެފައިވާތީ، އެމީހުން އިތުރުފަރުވާއަށް ޅ.އަތޮޅު ހޮސްޕިޓަލަށް ގެންދިއުމަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

Ads by Asuru

މި ހާދިސާއާއި ގުޅޭގޮތުން، އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯޓް ފަތިހު 05:19 ހާއިރު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއަށް ލިބުނު ކަމަށެވެ.

މިގޮތުން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ “ހާބަރކްރާފްޓް 116” ގައި 06:47 ހާއިރު އެ ސަރަހަހައްދަށް ގޮސް، މިއަދު 08:00 ހާއިރު އެ ހާދިސާގައި އަނިޔާލިބުނު އަންހެންމީހާ އާއި ފިރިހެން މީހާ އާއި ފިރިހެން މީހާ، އަވަސް ފަރުވާއަށް ޅ.އަތޮޅު ހޮސްޕިޓަލަށް ވަނީ ގެންދެވިފައި ކަމަށެވެ.

އަނިޔާވީ އުމުރުން 57 އަހަރުގެ އަންހެނަކަށެވެ. އަނިޔާ ލިބުނު ފިރިހެންމީހާއަށް 27 އަހަރެވެ.