ރާއްޖޭގެ ބޮޑުބަޔަކަށް ކުރަމުންދާ ވިއްސާރައިގައި، ފުވައްމުލަކު ސިޓީގެ 15 ގެއަކަށް ފެންވަދެ ގެއްލުންތަކެއް ލިބިއްޖެއެވެ.

Ads by Asuru

ހުކުރު ދުވަހު ހެނދުނުން ފެށިގެން ފުވައްމުލަކަށް އަންނަނީ ވިއްސާރަ ކުރަމުންނެވެ. މި ވިއްސާރައިގައި، އެ ސިޓީގެ ބައެއް އަވަށްތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެ، ބައެއް ގޭގެއަށް ވަނީ ގެއްލުންވެފައެވެ.

އެގޮތުން ޖުމްލަ 15 ގެޔަކަށް ފެންވަދެ، ފެން ހިއްކުމުގެ މަސައްކަތް ސިފައިންނާ ގުޅިގެން އެސިޓީގެ ކައުންސިލުން ދަނީ ކުރަމުންނެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ ހާމަ ކުރާ ގޮތުގައި، އެ ސިޓީގައި ފެންބޮޑުވީ ބައެއް ގެތަކުގައި ނަމަވެސް ޖުމްލަކޮށް ލިބުނު ގެއްލުން ވަޒަން ކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

ފެންބޮޑުވެ އެއްވެސް ގެއަކުން މީހުން ހުސްކުރަން ޖެހުނު ފަދަ ހާލަތެއް މެދުވެރިވެފައިނުވާ ކަމަށް ވެސް އެ އޮތޯރިޓީން ބުނެއެވެ.

ފުވައްމުލަކުގައި ފެންބޮޑުވެފައިވާ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ.