ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭގޮތުން ގޮތެއް ނިންމުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުމެއް މިއަދު ބާއްވަން ތާވަލުކޮށްފިއެވެ.

Ads by Asuru

އެ ކޮމިޓީގެ ބައްދަލުވުމެއް ބާއްވަން ތާވަލު ކޮށްފައި ވަނީ މިއަދު ހެނދުނު 11:00 އަށެވެ.

ައައު ސަރުކާރުގެ ކެބިނެޓަށް ރުހުން ނުދީ، ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރު ނިންމައި ވަނީ ޗުއްޓީއަށް ވެސް ވަނީ ގޮސްފައެވެ.

މަޖިލީހުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް މިހައިތަނަށް ތިން ފަހަރަށް އިތުރުކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ 22 ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހަށް ފޮނުވީ 20 ނޮވެމްބަރު 2023 ގައެވެ.

އެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން ފާސް ކުރި ނަމަވެސް ނިޒާމީ މައްސަލައަކާ ގުޅިގެން ރިޔާސަތުން ވަނީ އެ މައްސަލަ އަނބުރާ ކޮމިޓީ އަށް ފޮނުވައިފައެވެ. އޭގެ ފަހުން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލާގައި ކޮމިޓީ ބައްދަލުވުން ބާއްވާފައެއް ނުވެއެވެ.