މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯން ނަމުގައި ކުންފުންޏެއް އުފެއްދުމަށް ވަޒީރުންގެ މަޖިލީހުގެ ލަފަޔާ އެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

Ads by Asuru

ރައީސް މި ނިންމެވުން ނިންމެވީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާ ގައެވެ.

ރައީސްގެ މި ނިންްމެވުމަށް މަރުހަބާ ދަންނަވައި، ޕީޕީއެމްގެ ކުރީގެ ސަރުކާރާއި، މި ސަރުކާރުގެ ވެސް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވީ ކުންފުނި އުފެއްދުމުގެ މަޤްސަދަކީ ދިވެހި އިޤްތިޞާދު މުޅީން އެހެން ހަރުފަތަކަށް ގެންދިއުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، މި ކުންފުނީގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ ރައްކާތެރިކަން ކަށަވަރު ކުރެވިގެންދާނެއެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯން އުފައްދަނީ 100 ޕަސެންޓް ދިވެހ ކުންފުންޏެއްގެ ގޮތުގައެވެ.

ހަމައެކަނި ފަތުރުވެރިކަމާއި މަސްވެރި ކަމަށް ރާއްޖެ ބަރޯސާވެފައި އޮންނަ އޮތުމުގެ ބަދަލުގައި ރި-އެކްސްޕޯޓް ފުޅާ ކުރެވެން ހުރި ގޮތްތަައް ހޯދާ ޓްރާންޝިޕްމަންޓާއި އެ ނޫން ދާއިރާތަކުން ފުރުސަތު ފަހި ކުރުމަށް ރައީީސް ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްކަން ދެއްވައެވެ.