ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ރައީސް އަޙުމަދު ސިޔާމް މުޙައްމަދުގެ ބައްޕާފުޅު އަވަހާރަވެއްޖެއެވެ.

Ads by Asuru

މައުލޫމާތު ލިބިފައިވާ ގޮތުގައި ނ. ކުޑަފަރީ، މުޙައްމަދު ޤާސިމް އަވަހާރަވީ ރޭ ފަތިހުގެ ވަގުތެއްގައެވެ. އޭނާ އަވަހާރަވިއިރު އުމުރުފުޅަކީ 80 އަހަރެވެ.

ޤާސިމް އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވަނިކޮށް، އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދެނިކޮށެވެ.

ޤާސިމު ވަނީ އެ ރަށުގެ ކަތީބުކަމާއި ސްކޫލުގެ ނާޒިރުކަންވެސް ކުރައްވައިފައެވެ.