ޓްރާންސްޕޯޓް މިނިސްޓްރީން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ހުރިހާ ޚިދުމަތެއް އެއް ޕޯޓަލްއަކުން ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ޓްރާާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

Ads by Asuru

އެ މިނިސްޓްރީގެ ފުރަތަމަ ނޫޫސްވެރިންގެ ބައްދަލުވުމުގައި އަމީން ވިދާޅުވީ، އެ މިނިސްޓްރީގެ ޚިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދެމުން ދިޔަނަމަވެސް ތަފާތު ޕޯޓަލްތަކުން އެމަސައްކަތް ކުރަމުންދާތީ ރައްޔިތުންނަށް އުދަގޫތަކާއި ކުރިމަތިވާ ކަމަށާއި އެމައްސަލަ ޙައްލުކުރުމުގެ މަސައްކަތްމިނިސްޓްރީން ފަށާފައިވާ ކަމަށެވެ.

އަމާޒަކީ ކުރިއަށް އޮތް 3 މަސް ނުވަތަ 4 މަސްތެރޭ އެއް ޕޯޓަލްއަކުން ހުރިހާ ޚިދުމަތެއް ލިބޭގޮތަށް ހަމަޖެއްސުން ކަމަށް އަމީން ވިދާޅުވިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ތަސައްވުރު ރަނގަޅު ކުރުމަށްޓަކައި ގިނަ ކަންތައްތަކެއް ކުރަންޖެހޭކަން ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުންއަމީން ވިދާޅުވީމިނިސްޓްރީގެ އެތެރޭގެ ހިންގުމުގެ ނިޒާމު ރަނގަޅުކުރެވިގެން ނޫނީ އެ ކުރެވޭ ތުހުމަތުތަކަށް ހައްލެއް ނާންނާނެ ކަމަށެވެ.

މީގެ ކުރިން މިނިސްޓްރީގެ ބޭރުގައި ރައްޔިތުން ކިޔު ހަދާލާފައި ޚިދުމަތް ހޯއްދެވުމަށް ތިއްބަވަން ޖެހިފައިވީ ނަމަވެސް މިނިސްޓްރީގެ އޮންލައިން ސާވިސްފެށިގެން ދިޔުމުން އެކަމަށް ހައްލެއް ލިބިގެން ދިޔަ ކަމަށާއި އަދި އޭގެ ސަބަބުން ރައްޔިތުންނަށް ފަސޭހަތަކެއް ވަމުންދާ ކަމަށް އަމީން ވިދާޅުވިއެވެ.