ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު، ޙަސަން މުޙައްމަދު(ހަސަންޓޭ)ވެސް ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީއާއި ގުޅިވަޑައިގެންފިއެވެ.
އޭނާ މިހައިތަނަށް ހުންނެވީ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައެވެ.
ިމިދިޔަ މަހުގެ ފަހުކޮޅު، އެމްޑީޕީގެ 13 މެމްބަރަކު ވެސް ޕީއެންސީއަށް ސޮއި ކުރައްވައިފައިވެއެވެ.
ހަސަންޓޭ ޕީއެންސީއާ ގުޅިވަޑައިގެން، ފޯމު ޙަވާލު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ.މުޙައްމަދު މުޢިއްޒުއާއެވެ.
ރައީީސް މުޢިއްޒުއާއިއެކު ކުރިއަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ، ހަސަންޓޭ ވަނީ ތެދުވެރިކަމާއި އިޙްލާސްތެރިކަމާއިއެކު ޕީއެންސީގައި ހުންނަވާނެ ކަމަށް ވިދާޅުވެފައެވެ.
ޕީއެންސީގެ މެމްބަރުންގެ ޢަދަދު އިތުރުވަމުން އަންނައިރު، މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ރޭ، އެ ޕާޓީން ބޭއްވި ޖަލްސާއެއްގައި، ޕާޓީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ވިދާޅުވީ، ޕީއެންސީގެ މެމްބަރުންގެ ޢަދަދު މިހާރު 40،000އަށް އިތުރުވެފައިވާ ކަމަށެވެ.