އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ނިސްބަތްކުރައްވައި، ސަރުކާރުގެ ބައެއް އޮފިޝަލުން ދެއްކެވި ވާހަކަތައް މޯލްޑިވްސް ނެޝަނަލް ޕާޓީ(އެމްއެންޕީ)އިން ކުށްވެރި ކޮށްފިއެވެ.

Ads by Asuru

އެމްއެންޕީން ނެރުނު ބަޔާނެއްގައި ބުނީ ބޭރުގެ ދައުލަތެއްގެ ވެރިއަކާ ދެކޮޅަށް ސަރުކާރުގެ ބައެއް އޮފިޝަލުން ނަސްލީ ތަފާތުކޮށް ފުރައްސާރަކޮށް ދެއްކި ވާހަކަތައް ކުށްވެރިކުރާ ކަމަށެވެ.

އެ ޕާޓީން ބުނީ މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ސަރުކާރުގެ ބައެއް އިސްވެރިންނާއި ބައެއް ދިވެހިން މޯދީއާއި އިންޑިއާއާ ދެކޮޅަށް ވާހަކަ ދައްކަން ފެށީ ލަކްޝަދީބުގެ ރީތިކަން ތައުރީފުކުރައްވާ މޯދީ އެކްސްގައި ކުރެއްވި ޕޯސްޓާއެކު ރާއްޖެއާ ދެކޮޅަށް އެގައުމުގެ ބައެއް މީހުން ސޯޝަލްމީޑިއާގައި ވާހަކަ ދައްކަން ފެށުމުންނެވެ. އިންޑިއާގެ ގިނަ ބަޔަކު ވަނީ އެ ޤައުމުގެ ރައްޔިތުން، ރާއްޖެއަށް ނުގޮސް، ލަކްޝަދީބަށް ދިޔުމަށް ގޮވައިލައިފައެވެ.

އަދި ރާއްޖެއާ ދެކޮޅު ކެމްޕެއިނެއް ވެސް އެ ޤައުމުގެ ފިލްމީ ތަރިން ވަނީ ފަށައިފައެވެ.

ސަރުކާރުން ވަނީ، އިންޑިއާގެ ބޮޑިވަޒީރަށް އެފަދަ ބަސްތަކެއް ރައްދު ކުރުމަކީ އެ ބޭފުޅުންގެ އަމިއްލަ ޚިޔާލުކަން ފާހަގަކުރައްވައި، އެ އޮފިޝަލުން ސަސްޕެންޑުވެސް ކޮށްފައެވެ.