އިންޑިއާގެ ބައެއް ކަމުގައިވާ ލަކްޝަދީބުގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރުމުގެ މަސައްކަތް ޔަހޫދީ އިސްރާއީލު ސަރުކާރުން ރަސްމީކޮށް ފަށައިފިއެވެ.

Ads by Asuru

އިޒްރޭލާއި އިންޑިއާއާ ދެމެދު ރަހްމަތްތެރިކަން ބަދަހި ކުރަން އިޒްރޭލު ސަރުކާރުން އެކްސްގައި ހަދާފައިވާ ރަސްމީ އެކައުންޓް، ”އިޒްރޭލް އިން އިންޑިއާ“ އިން މިއަދު ކުރި ޕޯސްޓެއްގައި ބުނީ، ލަކްޝަދީބުގެ ޑިސަލިނޭޝަން ޕްރޮޖެކްޓު މާދަމާ ފެށުމަށް އިޒްލޭރު އޮތީ ތައްޔާރަށް ކަމަށެވެ.

އަދި ލަކްޝަދީބުގެ ރީތި މޫދާއި ކަނޑު އަޑީގެ މަންޒަރުތައް ކުރިން ނުފެންނަ ފަރާތްތަކަށް ދައްކާލަނީ ކަމަށް ބުނެ އެ ރަށްތަކުގެ ފޮޓޯތަކެއް ވެސް ހިއްސާ ކުރިއެވެ.

އިންޑިއާއިން ލަކްޝަދީބުގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރަން ފެށިއިރު، މި ފަހުން އެޤައުމުގެ ބޮޑުވަޒީރު ވަނީ، ލަކްޝަދީބަށް ޒިޔާރަތްކޮށް އެތަނުގެ ފޮޓޯ އާއި ވީޑިއޯ މީީސްމީޑިއާގައި ހިއްސާ ކުރައްވައިފައެވެ.

 

މޯދީގެ ދަތުރު އިންޑިއާގެ ބައެއް ސިޔާސީ ފަރާތްތަކުންނާއި، ބައެއް މީޑިއާތަކުން ސިފަ ކުރީ، ރާއްޖެއަށް ދިން މެސެޖެއް ގޮތުގައެވެ. މިކަމާ ގުޅިގެން ރާއްޖެއާއި އިންޑިއާގެ މީީސްމީޑިއާ އެކްޓިވިސްޓުންގެ މެދުގައި ބަހުގެ ހަމަލާތައް ބަދަލު ކުރަން ފެށި، މައްސަލަ ގޯޯސްވީ ރާއްޖޭގެ ތިން ނައިބު ވަޒީރަކު އިންޑިއާއަށް ފާޑު ވިދާޅުވުމުން، އެކަމަށް އިންޑިއާގެ މީޑިއާތަކުން ބޮޑު ސަމާލުކަމެއް ދިނުމުންނެވެ.