ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ކޯސްތަކަކަށް ހުޅުވައިލައިފިއެވެ.

Ads by Asuru

އެ މިނިސްޓްރީން ފަސް ކޯހަކަށް ހުޅުވައިލިއިރު، އެ ކޯސް ތަކަކީ އެޑްވާންސްޑް ސެޓްފިކެޓް އިން ސޯޝަލް ސާވިސެސް ވޯކް އާއި އެޑްވާންސްޑް ސެޓްފިކެޓް އިން ކައުންސެލިން އާއި ޑިޕްލޮމާ އިން ކައުންސެލިން އާއި ބެޗްލަ އޮފް ސޯޝަލް ވޯކްގެ އިތުރުން ބެޗްލަ އޮފް ކައުންސެލިންއެވެ.

ޖެންޑަރ މިނިސްޓްރީން ބުނީ ޤައުމީ ޔުނިވަސިޓީއާ ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ މި ކޯސްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު މި މަހުގެ 25 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.