ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ، މެޓުން ލަފާ ކޮށްފިއެވެ.

Ads by Asuru

މެޓް އޮފީހުން ބުނީ ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު ރާއްޖެ ހުރަސްކޮށް އަރަބި ކަނޑަށް ޖެހެމުންދާނެ ކަމަށް ލަފާކުރެވޭތީ، ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް، ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

އެގޮތުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް ފާއިތުވި ދުވަސްތަކުގައި މޫސުން ވަރަށް ގޯސްވިއިރު، އެންމެ ގިނައިން ވާރޭވެހިފައި ވަނީ ހުޅުލެ އާއި މާލޭގެ އިތުރުން ބ. ގޮއިދޫ އަށެވެ.

މާލެ އަށް ކުރި ވިއްސާރާގައި ގެއްލުންވި 70 ގެއަށް 450،000 ރުފިޔާ ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.