ދިވެހި މަސްވެރިންނަށް ސަރުކާރުން ދޭން ޖެހޭ ފައިސާގެ ތެރެއިން، 100 މިލިއަން ރުފިޔާ މިއަދު ދޭގޮތަށް ހަމަޖެހިއްޖެއެވެ.

Ads by Asuru

މިކަން ހާމަކޮށް މިފްކޯ އިން މިރޭ އެކްސްގައި ބުނީ، ދިވެހި މަސް އޮޑިފަހަރަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 100 މިލިއަން ރުފިޔާ މާދަން ދައްކާ ގޮތަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

”މި ފުރުޞަތުގައި މަސްވެެރިންގެ ފަރާތުން މިފްކޯއަށް ދެމުން ގެންދާ އެއްބާރުލުމަށް ނިހާޔަތަށް ޝުކުރު ދަންނަވަން.“ މިފްކޯ އިން ބުނެފައިވެއެވެ.

މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ ތެރެއިން، 100 މިލިއަން ރުފިޔާ މިއަދު ޙަވާލު ކުރާނެކަން މިފްކޯ އިން ހާމަ ކުރިއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާއި ޙަވާލުވެވަޑައިގެންނެވި ފަހުން، މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ ތެރެއިން، 136 މިލިއަން ރުފިޔާ މިހާރު ވެސް ވަނީ މަސްވެރިންނަށް ދީފައެވެ.