މާލެ އަށް މޭޔަރަކު ހޮވުމާއި މާލެ ސިޓީ ކައުންސިލުން ހުސްވެފައިވާ ތިން ގޮނޑިއަކަށް މެމްބަރުން ހޮވަން މިއަދު ބާއްވާ ބައި-އިލެކްޝަންގެ ވޯޓްލުން ކުރިއަށް އެބަދެއެވެ.

Ads by Asuru
މި ބައި އިލެކްޝަންގެ ވޯޓުލުން ފަށާފައި ވަނީ ހެނދުނު 8:00 ގައެވެ. އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފައި ވަނީ ވޯޓުލުން ހަވީރު 5:00 އާ ހަމައަށް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
ކައުންސިލަރުން ހޮވާ ތިން ދާއިރާ އަކީ ހެންވޭރު ދެކުނު ދާއިރާ އާއި މާފަންނު ދެކުނު ދާއިރާގެ އިތުރުން މެދު ހެންވޭރު ދާއިރާއެވެ. މޭޔަރު ކަމަށް ފަސް ކެންޑިޑޭޓަކު ވާދަކުރައްވައެވެ.

މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވަނީ  ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާ އައިޝަތު އާޒިމާ ޝުކޫރާއި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ އާދަމް އާޒިމާއި ޑިމޮކްރެޓްސްގެ ޓިކެޓްގައި ވާދަކުރައްވާ ސައިފު ފާތިހުގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރައްވާ ކުރީގެ ޕޮލިސް ކޮމިޝަނަރު ޙުސައިން ވަހީދުގެ އިތުރުން އަލީ ޝުޢައިބް (ފުރަހަނި)އެވެ.