އިއްޔެ ކުރި ވިއްސާރައިގައި އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ވެރިރަށް މާލެއަށް ކަން މެޓް އޮފީހުން ހާމަ ކުރި މަޢުލޫމާތުން ދައްކައިފިއެވެ.

Ads by Asuru

މެޓް އޮފީހުގެ މަޢުލޫމާތުތައް ދައްކާ ގޮތުގައި މާލެއަށް އެކަނިވެސް އިއްޔެ 159.3 މިލިމީޓަރުގެ ވާރޭ ވެހުނުވެ.

އަދި ހުޅުލެއަށް 105.4 މިލިމީޓަރުގެ ވާރޭ ވެހުނުއިރު ހުޅުމާލެއަށްވެސް 105.4 މިލިމީޓަރުގެ ވާރޭ ވެހުނެވެ.

އަތޮޅުތެރޭގެ ރަށްތަކުން އެންމެ ގިނައިން ވާރޭވެހުނީ ތ. ގުރައިދޫ، ތ. ދިޔަމިގިލި، ލ. މާމެންދޫ އަދި ދ. ކުޑަހުވަދޫ އަށެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ އިއްޔެ މާލޭގެ 144 ގެއަކުން އެހީއަށް އެދި ގުޅިއިރު މީގެތެރެއިން 91 ގެއެއްގެ ބޭރުގައި ވެލިބަސްތާ ޖަހައިދީފައިވާ ކަމަށެވެ.

އަދި އަށް ގެއެއްގެ 57 މީހުން ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކޮށް ކެއިންބުއިމުގެ އިންތިޒާމުތައްވެސް ހަމަޖައްސައިދީފައިވާ ކަމަށެވެ.