އެމްޓީސީސީގެ ސީއީއޯގެ މަޤާމުގައި މިދިޔަ އެމްޑީޕީގެ ވެރިކަމުގައި ހުންނެވި އާދަމް އާޒިމް، މިއަދު އޮތް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ބައި އިލެކްޝަން ކާމިޔާބުކުރައްވައިފިއެވެ.

Ads by Asuru

މާލެ ސިޓީގެ ހުސްވެފައިވާ މޭޔަރު ކަމާއި، މާފަންނު ދެކުރު ދާއިރާ، މެދުހެންވޭރު ދާއިރާ، ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލް މެންބަރު އިންތިޚާބުކުރަން ބާއްވާ ބައި އިލެކްޝަންގެ ވޯޓުލުން މިއަދު ހެނދުނު 8:00 އިން ހަވީރު 5:00 އާ ހަމައަށް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ވަގުތީ ނަތީޖާތައް ދައްކާ ގޮތުން، މިހާތަނަށް ގުނުނު 41 ފޮށިން އާޒިމް ވަނީ 5,303 ވޯޓު ހޯއްދަވައިފައެވެ.

ޕީއެންސީގެ ޓިކެޓުގައި ވާދަ ކުރެއްވި އައިޝަތު އާޒިމާ ޝަކޫރަށް ލިބިވަޑައިގަތީ 3،301 ވޯޓެވެ

އަމިއްލަ ގޮތުން ވާދަ ކުރެއްވި ޝުއައިބު އަލީ ލިބިވަޑައިގަތީ 91 ވޯޓެވެ. ރައީީސް ޔާމީންގެ ތާއީދާއެކު އަމިއްލަ ގޮތުން ވާދަ ކުރެއްވި ހުސައިން ވަހީދަށް ލިބުނީ 1،236 ވޯޓެވެ.

އަދި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަ ކުރެއްވި މުޙައްމަދު ސައިފް ފާތިހު އަށް ލިބިވަޑައިގަތީ 1634 ވޯޓެވެ.

މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު 54،680 މީހުންނަށް ލިބިފައިވާއިރު ވޯޓުލާން ނުކުމެފައިވަނީ 17،500 މީހުންނެވެ.