ކުޑަ ކުއްޖަކަށް ޖިސްމާނީ އަނިޔާ ކުރުމުގެ މައްސަލައެއްގައި މީހަކު ހައްޔަރު ކޮށްފިއެވެ.

Ads by Asuru

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނެކެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 10 ދުވަސް ޖަހައިފައެވެ.

ފުލުހުން ވަނީ އަނިޔާ ލިބުނު ކުއްޖާގެ ފޮޓޯ އާއި ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަވަސް އަމުރު އަދި ސީނަށް ދިޔަ ފުލުހެއްގެ ބަޔާން ހެކީގެ ގޮތުގައި ކޯޓަށް ހުށަހަޅައިފައެވެ.

މައްސަލައިގައި ތުހުމަތުކުރެވޭ މީހާގެ މައްޗަށް ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަވަސް އަމުރެއް ފެމިލީ ކޯޓުން ނެރެފައިވާއިރު، އަމުރާ ޚިލާފު ކަންތައްތަކެއް ކުރެވުނު ކަމަށް އޭނާ ވަނީ ޝަރީއަތުގައި އެއްބަސްވެފައެވެ.

އަދި ވަކީލެއްގެ ފުރުސަތު ބޭނުންނުވާ ކަމަށްވެސް ވަނީ ބުނެފައެވެ.

މި މައްސަލައިގައި އައިއޯ ކޯޓުގައި ބުނެފައިވަނީ މި ހާދިސާއާ ގުޅިގެން އެ ދުވަހު ތިން ފަހަރެއްގެ ފުލުހުން މައްސަލައިގައި ތުހުމަތު ކުރެވޭ މީހާއާ ވާހަކަ ދައްކައި އެގޮތަށް އަމަލު ނުބެހެއްޓުމަށް ނަސޭހަތް ދިން ކަމަށެވެ.