ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއަށްޓަކައި ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

Ads by Asuru

މިނިސްޓަރު ޝަހީމް މިއަދު އެކްސްގައި ކުރައްވައިފައިވާ ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ކަނޑުން ބަޔަކު ދިން ގޯތި ދެވޭނީ އެތަން ހިއްކުމުން ކަމަށާއި، ބާރު ދުވެލީގައި އެދަނީ ހިއްކަމުން ކަމަށެވެ.

ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ވެސް ބާރު ދުވެލީގައި ކުރިއަށްދާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ކުންފިނުތަކާއި ވުޒާރާތަކުގެ ބިލިއަން ދަރަނި އެދަނީ ފުއްދައި، ޠަބީޢީ ހާލަތަށް ގެންނަމުން ކަމަށެވެ.

”ޤައުމުގެ އަމިއްލަވަންތަކަން އެދަނީ އިޢާދަކުރަމުން.“ މިނިސްޓަރު ވިދާޅުވިއެވެ.

ޝަހީމް ކުރެއްވި އިތުރު ޕޯސްޓެއްގައި، ދެން ވިދާޅުވީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުއަށްޓަކައި ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.

ރައީީސް މުޢިއްޒު ސަރުކާރުން ގެންދަވަނީ އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދުފުޅާއި އެއްގޮތަށް، ގޯތި ދޫކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ކުރީ ސަރުކާރުން ރިޔާސީ އިންތިޚާބާއި ދިމާކޮށް ގޯތި ދިން ސަރަހައްދުތައް ހިއްކުމަށް މަސައްކަތް ފަށައިފައިވެއެވެ.