ރާއްޖޭގެ ފަތުވާ ނިޒާމު ހަރުދަނާކުރަން އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އާ އެކީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

Ads by Asuru

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު ޢަލީ ސަޢީދު ސައުދީ އަރަބިއްޔާ އަށް ކުރައްވަމުން ގެންދަނާ ދަތުރުގެ ތެރެއިން އިއްޔެއެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން  ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރެވެ. އޯއައިސީގެ އިންޓަނޭޝަނަލް އިސްލާމިކް ފިޤުހު އެކަޑަމީގެ ފަރާތުން ސޮއިކުރެއްވީ އެ އެކަޑަމީގެ ސެކްރެޓަރީ ޖެނެރަލް ޕްރޮފެސަރު ޑރ. ޤުޠުބު މުސްތަފާ ސާނޫއެވެ.

އޯއައިސީގެ އިންޓަނޭޝަނަލް އިސްލާމީ ފިޤުހު އެކަޑަމީއަކީ އިސްލާމީ ދުނިޔޭގެ އިސްލާމީ ޢިލްމީ އެންމެ މަތީ ކައުންސިލެވެ.

މި ކައުންސިލްގެ ހެޑް އޮފީސް ހުންނަނީ ޖިއްދާގައެވެ.