ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް، ރަސްމީ ދަތުރެއްގައި ސްރީލަންކާއަށް ފުރާވަޑައިގެންފިއެވެ.

Ads by Asuru

މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަސްލަމް ލަންކާއަށް ފުރާވަޑައިގެންނެވިކަން މަޖިލީހުގެ އިދާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ހާމަކޮށްފައިވެއެވެ. ނަމަވެސް ދަތުރުގެ ތަފުސީލެއް ނުދެއެވެ.

އަސްލަމް ވަނީ މި މަހުގެ ތިންވަނަ ދުވަހުން ފެށިގެން ހަވަނަ ދުވަހުގެ ނިޔަލަށް ޔޫގަންޑާގެ ވެރިރަށް ކަމްޕާލާގައި ބޭއްވި 27 ވަނަ ކޮންފަރެންސް އޮފް ސްޕީކާސް އެންޑް ޕްރިސައިޑިންގ އޮފިސާސް އޮފް ދަ ކޮމަންވެލްތްގައި ބައިވެރިވެވަޑައިގަތުމަށް ވެސް އެ ޤައުމަށް ދަތުރުފުޅެއް ކުރައްވައިފައެވެ.

އެ ކޮންފަރެންސްގެ ހަވާސާގައި އަސްލަމް ވަނީ ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދާ ޔަޕާ އަބޭވަރްދާނާ އާ ބައްދަލު ކުރައްވައިފައެވެ.