ފިލައިގެން އުޅޭ ދެ ބިދޭސީއަކު ހޯދަން މޯލްޑިވްސް އިމިގްރޭޝަނުން އިޢުލާނު ކޮށްފިއެވެ.
ހޯދަމުންދަނީ ބަންގްލަދޭޝްގެ ދެ މީހެކެވެ.
އިމިގްރޭޝަނުން، މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ދެ ފިރިހެނުން ފިލައިގެން އުޅޭކަން ހާމަކޮށް، އެ ދެމީހުންނާއި ގުޅޭ މަޢުލޫމާތެއް އެނގޭނަމަ އެ މަޢުލޫމާތެއް އިމިގްރޭޝަނާ ހިއްސާކުރުމަށް އެދިފައެވެ.
ރާއްޖޭގައި މިހާރު ގަވާއިދާއި ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީން ބަލައި ފާސްކޮށް އެކަމަށް ފިޔަވަޅު އެޅުމަށް ބޮޑު އޮޕަރޭޝަނެއް އިމިގްރޭޝަނުން ދަނީ ހިންގަމުންނެވެ.
ބިދޭސީންގެ އައިޑެންޓިޓީއާއި ވިސާ ޗެކް ކުރުމަށްފަހު އިމިގްރޭޝަންގެ ގާނޫނާއި ޚިލާފުވާ ބިދޭސީންނަށް ފިޔަވަޅު އަޅާނެކަން އިމްގްރޭޝަނުން ވަނީ އަންގައިފައެވެ.
ބިދޭސީން ޤަވާއިދުގެ ތެރެއަށް ފެއްތުމުގެ ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް ވެސް އެ އިދާރާ އިން ބުނެއެވެ.